Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް 31 މެމްބަރެއްގެ ސޮޔާއެކު މަޖިލީހަށް އަނެއްކާވެސް ހުށައަޅައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ މަހުގައި ނެގި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ވަނީ ކާމިޔާބު ނުވެ މަސީހާއި އެއްކޮޅަށް ނިމިފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓު އިންސާފުވެރިނޫން ކަމަށް ގޮވާލައި އަނެއްކާވެސް ވޯޓު ނެގުމަށް މަޖިލީހަށް ވައްދާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ މިފަހަރު ނަގާ ވޯޓު ފައި ނަގައިގެން ނެގި ކަމުގައި ވިޔަސް އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށް މަސީހު ބޭރު ކުރާނެ ކަމަށެވެ.