ކުލަބް މޯލްޑިވްސްގެ އަންހެންބައި،30/18 ވިމެންސް ފިއެސްޓާގައި އައްޑޫގެ އަވަ އެފްޓީ އާއި ފެހިފަހި ބައްދަލުކުރި މެޗު 0-16 އިން އަވަ އެފްޓީ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
މާފަންނު ވެލި ދަނޑުގައި ރޭ ކުޅުމު މި މެޗްގައި އަވަ ޓީމަށް ލަނޑު ޖަހާ ދިނީ 7 ލަނޑު ޖެހި އަރީޝާ ރިޒާ އާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅުނު އަލްމާ އަލީ ޖެހި 5 ލަނޑުގެ އިތުރުން އެޓީމްގެ ބިދޭސީ ކުޅުން ތެރިޔާ މަދީނާ ޖެހި 4 ލަނޑެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 7 ލަނޑު ޖެހި އަރީޝާ ރިޒާ އެވެ.
މި މުބާރާތުގައި އަވަ ޓީމްގެ މެޗެއް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ރޭ އެމްއޭސީއެލް އަތުން 6-3 ބަލިވި ޕޮލިސް ކުލަބާއިއެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ.