Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވިލާ އިން ކައުންސިލަށް ދިން ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

"ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް" ގެ ދަށުން ވިލާ ކޮލެޖުން އައްޑޫ ސިޓީ ކައުންސިލަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް ދެނީ އެ ސަރަހައްދެއްގައި ހުންނަ ކޮލެޖުގެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ބެލުމަށް ފަހުގަ އެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ އެ ކޮލެޖުގެ ކެމްޕަހެއްގައި 50-100 އާ ދެމެދުގެ ދަރިވަރުން ތައުލީމު އުނގެނެމުންދާ ނަމަ އެއް ސްކޮލަރޝިޕް ދިނުމަށެވެ.

އަދި ދަރިވަރުންގެ އަދަދު އިތުރުވާވަރަކުން ސްކޮލަރޝިޕްގެ ފުރުސަތު އިތުރު ކުރުމަށެވެ.

ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި ސްކޮލަޝިޕަށް އެދޭ ފޯމު އަދި ސްކޮލަޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ އެވެ.