Last Updated: June 26, 11:11
Friday, June 26, 2026
ދުނިޔެ

ސްކޮޓްލެންޑުން ރެކޯޑް އަދަދަކަށް ވައިން ކަރަންޓް އުފައްދައިފި

ސްކޮޓްލޭންޑުގައި ވައިގެ ނިޒާމުން މިދިޔަ މަހުގައި ރެކޯޑު އަދަދަކަށް ކަރަންޓު އުފައްދައި ތެޔޮ ބޭނުންނުކޮށް ކަރަންޓް އުފެއްދިދާނެކަން ސާބިތުކޮށް ދީފި އެވެ.

ސާފު ކަރަންޓު ބޭނުންކޮށްގެން ގެތަކަށް ކަރަންޓު ފޯރުކޮށް ދިނުމުގެ މަސައްކަތަށް ސްކޮޓްލޭންޑުން ވަނީ 74،000 މެގަ ވޮޓްގެ ކަރަންޓު އުފައްދައިފަ އެވެ.

މިއީ އެ ގައުމުގެ 6.09 މިލިއަން ގޭބިސީތަކަށް ކަރަންޓް ލިބިގެން ދާނެ މިންވަރެކެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް މަސައްކަތް ކުރާ ގައުމުތަކަށް މިއީ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެ އެވެ.

ވައިން ކަރަންޓު އުފެއްދުމާއި ދެކޮޅު ހަދާ މީހުންގެ އުޒުރަކަށްވެފައި އޮތީ ވިންޑްމިލްތަކަކީ "ލޮލަށް އުނދަގޫވާ" އެއްޗެއް ކަމަށެވެ.

ސްކޮޓްލޭންޑަކީ 2020 ވަނަ އަހަރުގެ ކުރިން ސަތޭކަ ޕަސަަންޓް އިއާދަކުރެނިވި ހަކަތައިން ކަރަންޓް އުފައްދާ ގައުމަކަށް ވާން އަމާޒު ހިފައި، އެހި ސާބަށް ވާސިލުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ.