ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ޑަންލަޕް ހޯދައިގެން މަސީހު ގޮނޑީގައި ތަތްކޮށްލަންވީތޯ ސުވާލު އުފައްދައިފިއެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަމީން އާންމު މެދުވެރިކޮށް އެކަން ކުރެވިދާނެ ކަމަށެވެ.
"ޑަންލަޕް ހޯދައިގެން އަޅުގަނޑުމެން މަނިކުފާނު ތިގޮނޑީގައި ތަތްކޮއްލަށްވީތޯ. އަމީން އާންމު މެދުވެރިކޮށް އެކަން ކުރެވިދާނެ."
ރޮޒައިނާ ވިދާޅުވި ގޮތުގައި މަސީހު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި އިންނަންވީ ޑަންލޮޕް ލައިގެން ކަމަށާއި އެހެން ނަމަވެސް މަސީހަށް މަޖިލީހުގެ މެންބަރުންގެ ތާއީދެއް ނެތްކަމަށެވެ. އަދި މަސީހަށް ތާއީދު އޮތިއްޔާ ވޯޓަށް ދާން ނުކެރިގެން އުޅެނީ ކީއްވެގެންތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދާފައެވެ.