އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ވެސް ސަރުކާރުން އުޅެނީ ރަނގަޅު ވެރިކަމެއް ނުކުރެވި ނޭވާ ހޮޅިއަށް އެޅިގެން ކަމަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ރިޔާޒް ވިދާޅުވެެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހާއި މެދު ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވި ގޮތުގައި އެ އިސްލާހަކީ އާންމު އުސޫލުތަކާއި ވެސް ހިލާފު އިސްލާހެއް ކަމަށެވެ.
އަދި އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް އެއްވެސް ޑިމޮކްރަސީއެއްގައި ގަވައިދަށް އިސްލާހެއް ނުގަންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތްކަމަށް ވިދާޅުވި ނަމަވެސް އެކަން ދައްކަން ނުކުރޭ ކަމަށެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނާއި އިދިކޮޅު ދެ މެމްބަރަކު ޖަލަށްލައިގެންތިބެ، ވެރިކަން ކުރާއިރުވެސް ތިޔައުޅުއްވަނީ ރަނގަޅު ވެރިކަމެއް ނުކުރެވި، ނޭވާހޮޅިއަށް އެޅިގެން.
ރިޔާޒިް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްލެޓް ފޯމެއް ނެތް މެމްބަރުން ކިތައްމެ ވާހަކައެެއް ދެއްކިޔަސް، ގުޅިފައިވާ ޕާޓީތަކުން ޤައުމު ބަދަލުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ޕްލެޓް ފޯމެއް ނެތް މެންބަރުން ކަމަށް ރިޔާޒް ނިސްބަތް ކުރައްވާފައި ވަނީ ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުގެ މެންބަރުންނަށެވެ.