Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަޖިލީހުގެ ރިޔާސަތު "ސަލާމަތް" ކުރުމުގެ އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ، އިތުބާރު ނެތްކަމުގެ މައްސަލަ 42 މެމްބަރުންގެ ސޮޔާއެކު ނޫނީ، ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި، 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައިނުގަންނަވައެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި މި އިސްލާހު ފާސްވުމާއެކު، މަޖިލިހުގެ ރައީސް މަސީހް ވަނީ ފާސްކުރެވުނު އިސްލާހުގެ ދަށުން "ސައްހަ އެއްވެސް މައްސަލައެއް" މަޖިލިހުގައި ނެތް ކަމަށް އިއުލާންކުރައްވާފައެވެ.

މަޖިލީހުގެ ގަވައިދުގައި މީގެކުރިން އޮންނަ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ، 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކުގަ އެވެ.