Last Updated: June 25, 13:55
Thursday, June 25, 2026
ސިޔާސީ

މިއަދަކީ ފެއްސާއި ރަތާއި ހުދުގެ ދުވަހެއް: ނިހާން

މަލްޖިސްގެ ގަވާއިދު ބަދަލު ކުރީ މަޖްލިސް ހިންގުމަށްޓަކައި ކަމަށާއި މިއަދަކީ ފެއްސާއި ރަތާއި ހުދުގެ ދުވަހެއްކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، 42 މެމްބަރުންގެ ސޮޔާއެކުގައި ނޫނީ މަޖިލީހަށް ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު މަޖްލިސްގެ ތަޅުމުން ފާސްކޮށްފައިވާ އިރު ނިހާން ވިދާޅުވީ އެފަދަ ނިންމުމެއް ނިންމީ ރައްޔިތުންގެ ބޭނުމަށް ކަމަށެވެ.

"މިއަދަކީ ފެއްސާއި ރަތާއި ހުދުގެ ދުވަހެއް، މަޖްލިސްގެ ގަވައިދު ބަދަލުކުރަނީ މަޖްލިސް ހިންގުމަށްޓަކައި، ރައްޔިތުންގެ ބޭނުމަށް- ނިހާން

ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަކުން އިއްޔެ ކުއްލިއަކަށް ގެނައި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރު ގޮތް ހުސްވެ ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށެވެ.

މިއަދު މަޖްލިސްއިން ފާސް ކުރި އިސްލާހާއި އެކު މިހާރު މަޖްލިސްއަށް ހުށަހަޅާފައިވާ މަޖްލިސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުގެ މައްސަލަ އޮޓަމެޓިކުން ބޭރުވީއެވެ.