Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ޕެލެސް އަތުން ބަލިވެ އާސެނަލް ގޮތް ހުސްވަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސް އާއި އާސެނަލް ބައްދަލު ކުރި މެޗު 0-3 އިން ޕެލެސް ކާމިޔާބުކޮށް ސީޒަނަށް ކުރަމުން އައި އުއްމީދު ގެއްލެން ފަށައިފި އެވެ.

ގަދަ 4 އަށް ދިއުމަށް އާސެނަލް ކުރަމުން އައި މަސައްކަތަށް އިތުރަށް ހުރަސް އެޅިފައިވާއިރު އަންނަ ސީޒަނުގައި ޔޫރޮޕުގައި ކުޅުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރުވެސް ހީވާން ފަށައިފިއެވެ.

މެޗުގެ ފުރަތަމަ ގޯލު ޕެލެސް އިން ޖަހާފައިވަނީ ރީތި ޕާސްތަކާއެކު އާސެނަލް ޑިފެންސް ފޫއަޅުވާލައިގެންނެވެ. 17 ވަނަ މިނެޓުގައި ޓައުންސެންޑް ޖެހި ގޯލަށް ފަހަށް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައިނުވެއެވެ. ނަމަވެސް އާސެނަލްއަށްވުރެ ބޮޑަށް ގޯލަށް ނުރައްކާކޮށްފައިވަނީ ޕެލެސްއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޕެލެސްގެ ކަބައޭ ވަނީ ރީތި ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. 5 މިނެޓު ފަހުން ޕެލެސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް އާސެނަލްއަށް ރޭގެ މެޗުގައި ވަނީ ގޮތްހުސްވެފައެވެ.

އާސެނަލް ސަޕޯޓަރުން މާޔޫސްވެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވި ނަމަވެސް ވެންގާއަށް ކުލަބުން އާ ކޮންޓްރެކްޓެއް ދީފައިވާތީ ސަޕޯޓަރުން ވަނީ ކުރާނެ ކަމެއް ނެތި ގޮތްހުސްވެފައެވެ. ސޯޝަލް މީޑިޔާގައި އާސެނަލް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.