Last Updated: June 24, 13:22
Wednesday, June 24, 2026
ޚަބަރު

އިދިކޮޅު މީހުންނަށް ގިނަވެގެން ލިބޭނީ 35 ސޮއި: ނިހާން

މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުން ވިޔަސް ލިބޭނީ ގިނަ ވެގެން 35 ވޯޓް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މަމްބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ 42 މެމްބަރުން ހޯދުން އެއީ ނުވާނެކަމެއް ކަމަށާއި އެގޮތަށް ވާހަކަ ދައްކަވަނީ ބަޔަކަށް ހިތްވަރެއް ދިނުމަށް ކަމަށެވެ.

މަޖްލިސްގެ ރައީސައި ނައިބް ރައީސްގެ އިތުބާރުގެ މައްސަލައެއް ދެން މަޖްލިސްއަށް ހުށަހެޅޭނީ މަދުވެގެން 42 މެމްބަރުންގެ ސޮޔަ އެކު އެވެ.

ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން އެކަން ފެއިލްވި ދުވަހަކީ އެ މަސައްކަތުގެ ޖަނާޒާ ބޭއްވި ދުވަސް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ދެން މަޖީލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ވައްދާނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށެވެ.