Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްގީ ކުރަނީ

އައްޑޫ ސިޓީ މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްގީ ކުރުމަށް ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މަރަދޫފޭދޫ ރައްޔިތުންގެ ފަރާތުން އެކަމަށް އެދެމުން ގެންދާތީ އެ ރަށު ކުޑަކުދިންގެ ޕާކް ތަރައްގީ ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"ކައުންސިލުން ހަމައެކަނި ޕާކްތަކެއް ހަދާފައި ނިންމާލީއެއް ނޫން. އެ ޕާކުތައް ތަރައްގީ ކުރާނެ ކައުންސިލުން. މަރަދޫފޭދޫ ރައްޔިތުން ވެސް އެދިފައިވާ ކަމެއް މިކަމަކީ."

މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފާރާތްތަކަށް މައުލޫމާތު މި މަހުގެ 16 ވަނަ ދުވަހު ހެނދުނު ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.

އަދި މި މަހުގެ 20 ވަނަ ދުވަހު 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅަން ޖެހެ އެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގެ އަވަށްތަކުގައި ޕާކްތައް ގާއިމްކޮށްފައިވާ އިރު މަރަދޫފޭދޫ ޕާކަކީ އެ މަޝްރޫއުގެ ދަށުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ޕާކެވެ.