Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ރިޔާޒު ވަކިކޮށް މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް އައިބީ

'ފޭދޫގައި ފުނަ' ހަރަކާތް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އައިބީ ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރުކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ(އައިބީ) ހަމަޖައްސައިފިއެވެ.

މާލިއްޔަތު ކޮމިޓީއަށް އައިބީ ހަމަޖައްސާފައި މިވަނީ އެ ކޮމިޓީގައި ހުންނަވާތާ އެންމެ ގިނަ ދުވަސްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މަގާމުން ވަކިކުރުމަށް ފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުﷲ މަސީހު ވަނީ މާލިއްޔަތު ކޮމެޓީން ރިޔާޒް ވަކިކޮށް، އެ ކޮމެޓީއަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައެވެ.

މާލިއްޔަތު ކޮމެޓީން ރިޔާޒް ވަކިކުރި ވަކި ސަބަބެއް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުން އަދި ހާމަކޮށްފައެއް ނުވެއެވެ.