އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓެއް ވެއްޖެއެވެ.
ސިޓީ ސެންޓްރަލް ކައިރިން ހިނގި މިއެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ކާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
މިއެކްސިޑެންޓާއި ބެހޭ ތަފްސީލެއް ހޯދުމަށް "އައްޑޫލައިވް" އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.