ގަމުގައި ހުރި ފެތިރޯނު ގަހެއް ބިންދައިގެން ފުލުހެއްގެ ބޮލަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
މި ހާދިސާގައި ގަހުގެ ދަށުގައިވި ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފޭދޫ ބެންހާގޭ، އަބްދުﷲ ސަލްމާންގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް" އަށް ބުނީ ގަހުގެ ގޮފިގަނޑެއް ބިންދައިގެން ވެއްޓުނީ ސަލްމާންގެ ބޮލަށް ކަމަށެވެ.

"ގޮފިގަނޑު ވެއްޓިގެން އައިސް ޖެހުނީ އޭނާގެ ބޮލުގައި. އޭނަ ދުއްވާފައި ދިޔައީ ވެސް އާދައިގެ ސްޕީޑެއްގައި. ގޮފިގަނޑުން ޖެހި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ." އޭނާ ބުންޏެވެ.

މި ހާދިސާގައި ގަހުގެ ބޮޑު ގޮފިގަނޑު އެ މީހާގެ ގައިމައްޗަށް ނުވެއްޓި ވަނީ ސަލާމަތްވެފަ އެވެ.
އަނިޔާވި ސަލްމާނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ އަށް ވަނީ ގެނެސްފަ އެވެ.