ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޯޑަށް ކިޔަވައިގެން ތިބި މީހުން ލާނެ ކަމެއް ނެތްކަމަށް ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިމާރާތް ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެ ބިލު ރޭ ބޭއްވި މަޖިލީހުގެ ކުއްލި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މޫސަ ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޯޑަށް ކުނޫޒަށް އެއްވާ މީހުންގެ ތެރެއިން 4 މީހުން ހަމަޖެއްސުމުން ހުންނާނީ ރަނގަޅަށް ކަމަށާއި އެހެން ނޫންނަމަ އޭގައި ވަރަށް ބޮޑު މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.
"ކިޔަވައިގެން ތިބި މީހުން ލާނެ ކަމެއް ނެތް އިނގޭތޯ. މިހާރު އުޅޭނެ ބޯޑުތަކަުށް ލާނެ މީހުން. ކުނޫޒަުށް އެއްވާ މީހުންގެ ތެރެއިން ރަނގަޅު 4 މީހުން ހޯދާފައި ބޯޑުތަކަށް ލީމާ ހުންނާނީ ވަރަށް ބަރާބަރަށް."
މޫސަ ވިދާޅުވި ގޮތުގައި އެލް.ޖީ.އޭ ބޯޑަށް ކިޔަ ވައިގެން ތިބިމީހުން ލާން ނިންމުމުން ނޫސްތަކުގައި އެ ބޯޑުގައި އިންނަވަނީ ރައީސް ޔާމީނު ކަމަށް ބުނެފައިވާ ކަމަށާއި އެއީ ވަރަށް ގޯސް ކަމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދުގެ 4 މެންބަރުން ބޯޑަށް އައްޔަން ކުރުމަށް ފަހު "ގެތައް ހަދައިލީމަ އަދި އަރިއަރިއަށް ހުއްޓަސް، ވެއްޓުނަސް އެ މީހުން އޭގެ ޒިންމާ ނަގާނެތޯ ސުވާލު އުފައްދާފައެވެ.