އެކްޓްރެސް ބިޕާޝާ ބާސޫ އާ އެކު ލޯބީގެ ގުޅުން 10 އަހަރަށް ފަހު ނިމުމަކަށް އައުމަށް ފަހު ޖޯން އަބްރަހަމް މިހާރު ރައްޓެހިވެގެން އުޅޭ ޕްރިޔާ ރަންޗަލް އާ ކައިވެނި ކުރާނީ، ޕްރިޔާ ކިޔަވައި ނިމުމުން ކަމަށް ޖޯން ބުނެފި އެވެ.
ދާދި ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖޯން ބުނީ ޕްރިޔާ މިވަގުތު ހުރީ އޭނާގެ ކިޔެވުން ފުރިހަމަ ކުރުމަށްޓަކައި ލަންޑަނުގައި ކަމަށެވެ. އަދި ޕްރިޔާ ކިޔަވާ ނިމެން ބާކީ ދެ އަހަރު އޮތް ކަމަށް ވެސް ވަރުގަދަ ހަށިގަނޑެއްގެ ވެރި ޖޯން ބުންޏެވެ. ޕްރިޔާއަކީ އިންވެސްޓްމަންޓް ބޭންކަރެވެ.
ޖޯން ބުނީ ދެ މީހުންގެ ގުޅުން އަބަދުވެސް ވަރަށް ރަނގަޅު ކަމަށާއި ދެ މީހުންގެ ކެރިއާ އަށް ވެސް އެެކަކު އަނެކަކު ވަރަށް އިހުތިރާމް ކުރާ ކަމަށް ވެސް ޖޯން ބުންޏެވެ.
އެހެންވެ ދެ މީހުންގެ ގުޅުމާ ދޭތެރޭ އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް ނެތް ކަމަށް ވެސް ޖޯން ބުންޏެވެ.