ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެދިނުމަށް އެދުމުން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ޝަރީއަތުގައި ދައުލަތުން ރިޔާޒް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓުގައި އެދިފައިވާއިރު މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ރިޔާޒް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ހުކުމް ކޮށްފައެވެ.
ފުލުހުން ވަނީ ރިޔާޒް މަގު މަތިން ހިނގާފައިދަނިކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލާފައެވެ. ނަމަވެސް ފޯނު ބަލަން މަސައްކަތް ކުރުމުން އެވަގުތު ރިޔާޒްއަށް ފޯނުގެ ޕާސްވޯޑް ހަނދާންނުވިއެވެ.