Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ރޮނާލްޑޯ އަނެއްކާ ވެސް ޗެމްޕިއަންސް ލީގްގައި ވިދާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބެޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗު 1-2 އިން ރިއަލް ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެގޯލާއެކު އޭނާ ވަނީ ޔޫރޮޕިއަން ޗެމްޕިއަންޝިޕުގައި 100 ގޯލު ހަމަކޮށްފައެވެ. ރޭގެ މެޗުގައި އޭނާގެ 99 ވަނަ ގޯލާއި 100 ވަނަ ގޯލު ހަމަކޮށްފައިވާއިރު 136 މެޗުގައި ރޮނާލްޑޯ ވަނީ 97 ގޯލު ޖަހާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު އާޓޫރޯ ވިޑާލް ޖަހައި ބެޔާންއަށް 25 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އޭނާއަށް ލީޑު ފުޅާކުރުމަށް ލިބުނު ޕެނަލްޓީ ވަނީ ބޭކާރުކޮށްލާފައެވެ.

ރޮނާލްޑޯ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފެށިގެން މިނެޓެއްގެ ތެރޭގައެވެ. ފަހު ލަނޑު ޖަހާފައިވަނީ 77 ވަނަ މިނެޓުގައެވެ.

ސެމީއަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތެއް މިހާރު އޮތީ އެވޭ މެޗުން މޮޅުވެ ރިއަލްއަށެވެ. ބެޔާންއިން މުބާރާތުގައި ކުރިއަށް ދާން ބާނެބެއުގައި ރިއާލް ބަލިކުރަން ޖެހެއެވެ. އެގްރިގޭޓުން އެއްވަރުވެއްޖެނަމަ އެވޭ ގޯލުން ފުރުސަތު ބޮޑީ ރެއާލްއަށެވެ.

ރޭގެ މެޗުގައި އެތްލެޓިކޯ މެޑްރިޑާއި ލެސްޓާ ކުޅުނު މެޗު ނިމިފައިވަނީ ފުރަތަމަ ހާފުގައި ގްރީޒްމެން ޖެހި ޕެނަލްޓީއާއެކު 0-1 އިންނެވެ. ލެސްޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ހޯމް މެޗަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.