ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކާއި ގުޅިގެން އެމަނިކުފާން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމަށް ކޯޓުން އަމުރެއް ނުދިނެވެ.
ތަފާތު ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލާފައިވާ އިރު އޭނާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
ގާސިމް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމަށް އަމުރެއް ނުދިން އިރު އެޕާޓީގެ ނައިބް ލީޑަރ ކިނބިދޫ ދާއިރާގެ މަޖްލިސް މެމްބަރ އަދި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒްވެސް ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމަށް ކޯޓަށް ނުފެންނަ ކަމަށް ވަނީ އަމުރުކޮށްފައެވެ.