Last Updated: July 22, 17:21
Wednesday, July 22, 2026
މީހުން

އަބްހަރީ ޒުހައިރު ހައުސިންގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އޮފީހުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ ޒުހައިރު (އަބްހަރީ) ހައުސިން މިނިސްޓްރީގެ މަގާމަކަށް ބަދަލުކޮށްފި އެވެ.

ފެނަކަ އައްޑޫ އޮފީހުގައި މަސައްކަތް ކުރައްވާތާ ފަސް އަހަރު ވެފައިވާ ޒުހައިރު ބަދަލު ކުރީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށެވެ.

އެ މަގާމަށް އޭނާ ހަމަޖައްސާފައި މި ވަނީ ދާދި ފަހުން ފެނަކަގެ އެމްޑީ އަހުމަދު ޝަރީފް އައްޑު އަށް ވަޑައިގެން ފެނަކަ އައްޑޫ އޮފީހުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ކުންފުނީގެ އޮނިގަނޑަށް ބަދަލުތަކެއް ވެސް ގެންނަން ނިންމަވާފައި ވަނިކޮށެވެ.

ހައުސިންގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް ޒުހައިރު ހަމަޖެއްސި އިރު، އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަޑް ހުންނެވި ފޭދޫ މުހައްމދު ފައިސަލް ދާދި ފަހުން ވަނީ ސަބަބެއް އެންގެމުކާ ނުލައި މަގާމުން ވަކިކޮށްފަ އެވެ.