Last Updated: June 24, 13:22
Wednesday, June 24, 2026
ޚަބަރު

ސްރީލަންކަންގެ ދަތުރުތައް ގަމަށް އިތުރު ކުރަނީ

އައްޑޫ ގަމަށް ސްރީލަންކަން އެއާލައިންސުން ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް ޓްރަވެލްގެ އިސް އޮފިޝަލަކު ވިދާޅުވީ، ގަމަށް ކުރާ ދަތުރު މިއަހަރު ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިތުރު ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ވެސް ހަފުތާއަކު ހަތަރު ފްލައިޓް ސްރީލަންކަން ކޮލޮމްބޯ އާއި ގަމާ ދެމެދު ބާއްވަމުން އަންނަ އިރު ސެޕްޓެމްބަރު 17 އިން ފެށިގެން އިތުރު ދެ ފްލައިޓް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ އެއް ވަނަ ދުވަހު ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމާއި ގުޅިގެން އައްޑު އާއި ފުވައްމުލަކުގެ ގިނަ ރައްޔިތުން މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރަނީ ސްރީލަންކަންގަ އެވެ.

އެ އެއާލައިނުން ދޭތެރެ ދޭތެރެއިން ގަމުން ހާއްސަ ފެއާތައް ވެސް ބާއްވާ އިރު މި ދިޔަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބިދޭސީ ވިސާ ހޯލްޑަރުންނަށް ވެސް ގަމުން ދަތުރު ކުރެވެ އެވެ.