Last Updated: June 11, 22:21
Thursday, June 11, 2026
ވިޔަފާރި

މީރާގެ ބައްދަލުވުމެއް މިރޭ ފޭދޫ ސްކޫލުގައި

ފޭދޫ "3 އެސް" ފިހާރަ އިން ބިދޭސީންތަކެއް ވިޔަފާރި ކުރަނީ. ފޮޓޯ/ 3 އެސް ގްރޫޕް

މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ) އިން ޓެކްސް އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްްދަލުވުމެއް މިރޭ ފޭދޫ ސްކޫލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ ފޭދޫ ސްކޫލްގައި އޮންނަ ބައްދަލުވުން ފެށޭނީ މިރޭ 9:00 ގައި ކަަމަށެވެ. އެހެންވެ ފޭދޫގެ ހުރިހާ ވިޔަފާވެރިންނާއި މައުލޫމާތު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޓެކްސް އިދާރާ އިން ބުންޏެވެ،

ފޭދޫގެ އިތުރުން ވެސް މީރާގެ އިތުރު ބައްދަލުވުންތަކެއް އައްޑޫގެ އެހެން ރަށްތަކުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދާދި ފަހުން މީރާ އިން އަތޮޅުތަކަށް ފެށި ދަތުރުތަކުގެ ތެރެއިން އައްޑު އަށް ކުރާ ދަތުރުގައި ވެސް މީރާގެ ޓީމް މަހެއްހާ ދުވަހު އައްޑޫގައި ހަރަކާތްތެރި ވާނެ އެވެ.