Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނަޝީދު ކޮޅުނބަށް ވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވަނީ މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ސްރީ ލަންކާއަށް ވަޑައިގެންފައެވެ.

މިފަހަރު ނަޝީދު ލަންކާއަށް ވަޑައިގަންނަވާފައި ވަނީ ކޮން ބޭނުމެއްގައި ކަމެއް އެމްޑީޕީއިން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދު ލަންކާ އަށް ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ މައްޗަށް އަނެއްކާ ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. މިފަހަރު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު މިހާރުގެ ރައީސް އަދި އޭރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ހައްޔަރުކޮށް އާރަށަށް ގެންދިޔަ މައްސަލައިގައެވެ.