Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ކުށެއް ނުކުރާ މީހަކު 3 މަސް ދުވަހު ޖަލުގައި!

ކުށެއް ނުކުރާ މީހަކު ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބަހައްޓާފައި ވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން ހިމާޔަތްކުރަނީ ކޮން ބައެއްގެ ހައްގުތަކެއްތޯ ކުރީގެ ރައީސް މައުމޫން ސުވާލު އުފައްދައިފި އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒައިދުލް އަމީން ބަންދުކޮށް ޖަލުގައި ބަހައްޓާފައިވާތީ ކަންބޮޑުވުން އުފައްދާފައިވެއެވެ. ފު

"ހިއުމަން ރައިޓްސް ކޮމިޝަނަށް ކުށެއް ނުކުރާ މީހަކު ޖަލުގައި ތިން މަހަށްވުރެ ގިނަ ދުވަހު ބަހައްޓާފައި ހުރި ހުރުން ނުބެލޭނަމަ ކޮން އިންސާނީ ހައްގުތަކެއްތޯ އެބޭފުޅުން ހިމާޔަތްކުރައްވަނީ؟"

ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި ޒައިދު ވަނީ އެއް ފަހަރު ގޭބަންދަށް ދޫކުރުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށް ތަކުރާރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ޒައިދު ވަނީ އޭނާ ބަންދުކޮށްފައި ހުރުމުގެ ތެރޭގައި ރައީސް މައުމޫން ބަންދުކުރުމަށް ބަޔާނެއް ދިނުމަށް ފުލުހަކު ބުނި ކަމަށް ނޫސްބަޔާނެއް މެދުވެރިކޮށް އާންމުންނަށް އަންގާފައެވެ. ބަޔާނުގައި ޒައިދު އިތުރަށް ބުނެފައިވަނީ ބަޔާން ނުދީފިނަމަ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ޝުމްބާ ގޮންގް ބަންދުކޮށްފައި ބެހެއްޓި ގޮތަށް ހުންނަން ޖެހޭނީ ބަންދުގައި ކަމަށްވެސް ފުލުސް މީހާ ބުނި ކަމަށް ބުނެފައިވެއެވެ.

ޒައިދުގެ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައިވިނަމަވެސް އޭގެ އެއްވެސް ތަހުގީގެއް ކުރި ކަމެއް ނުވަތަ ތަހުގީގުން ހާމަވީ ކަމެއް އަދި އެޅުނު ފިޔަވަޅެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.