Last Updated: June 26, 11:11
Friday, June 26, 2026
ދުނިޔެ

އަފްގާނަށް އެޅި ބޮމުން އައިއެސްގެ 36 މީހަކު މަރާލައިފި

އެމެރިކާއިން އިއްޔެ އަފްޣާނިސްތާނުގެ ނަންގަހާރް ސިޓީއަށް އެޅި ދުނިޔޭގެ އެންމެ ބޮޑު ނޮން-ނިއުކްލިއަރ ބޮމުން ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓުގެ 36 ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އައިއެސްގެ ބޮޑު ޖަމާއަތެއް ހަރަކާތްތެރިވާ އެސަރަހައްދުގައި ހަނގުރާމަވެރިންނާއެކު ގިނަ އަދަދެއްގެ ހަތިޔާރުތަކާ ވަޒަންތައްވެސް ވަނީ ކުނޑިކުނޑި ވެގެން ގޮސްފައެވެ.

އަފްޣާން އަސްކަރިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހަމަލާގައި އާންމު ރައްޔިތަކު މަރުވެފައެއް ނުވެއެވެ. އެމެރިކާއިން ބުނެފައިވަނީ އާންމުންނަށް ގެއްލުމެއް ނުވާނެ ގޮތަށް އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް ބޮން އެޅުމުގެ ކުރިން އަޅާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ސިފަކޮށްފައިވަނީ ރޭގެ ހަމަލާއަކީވެސް ކާމިޔާބު ހަމަލާއެއްގެ ގޮތުގައެވެ. ޔަމަނުގައި އަސްކަރީ ރެއިޑެއް ކުރުމަށްފަހު ކުޑަ އަންހެން ކުއްޖަކާއި އެމެރިކާ ސިފައިންގެ މީހަކު މަރުވެފައިވާއިރު ދެން ޓްރަމްޕް ވިދާޅުވަނީ ސީރިއާގެ އެއާފީލްޑަށް ދިން ހަމަލާގެ ވާހަކައެވެ.