Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

މެމްބަރުން ގިނަ ދެވަނަ ޕާޓީއަކަށް ޑީއާރްޕީ

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީއަކަށް ޑީއާރްޕީވެއްޖެ އެވެ.

އަހުމަދު ތަސްމީލް އަލީ ލީޑަރުކަން ކުރައްވާ ޑިއާރްޕީ އެ މަގާމު ހާސިލްކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސްކަން ކުރައްވާ ޕީޕީއެމް އަށް ވުރެ 64 މެމްބަރުންގެ އިތުރުވުމާ އެކު ކަމަށް އިލެކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ދައްކަ އެވެ.

އެ ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އިއްޔެގެ ނިޔަލަށް ޑީއާރުޕީގައި ރަޖިސްޓްރީކޮށްފައިވަނީ 22،787 މެމްބަރުންނެވެ. އަދި ބާކީ އެންޓާނުކުރެވި 611 ފޯމް އެބަ ހުއްޓެވެ.
ޕީޕީއެމްގައި މިހާރު ތިބި ކަމަށް އިލެކްޝަންސްގެ ދަފްތަރުން ދައްކަނީ 22،623 މެމްބަރެކެވެ. މިހާތަނަށް އެންޓާނު ކުރެވި 1،046 ފޯމް އެބަހުރި ކަމަށް އިލެކްޝަންސްގެ ވެބްސައިޓުން ދައްކަ އެވެ.

ޑީއާރުޕީގެ ކައުންސިލް މެމްބަރު އަލީ ސޯލިހު ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ އަންނަ މަހު ބާއްވާ ކޮންގްރެސްގެ ކުރިން 25،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީ އަށް އިތުރުކު ރުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުން މިހާރު ވެސް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގަ އެވެ.
އެ ޕާޓީގައި 46،084 މެމްބަރުން ތިބި އިރު ޖުމްހޫރީ ޕާޓީގައި 11،242 މެންބަރުބް އެބަ ތިއްބެވެ. އަދި އަދާލަތު ޕާޓީގައި 6،028 މެންބަރުން އެބަތިއްބެވެ.