Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ހިންނަވަރުގައި ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް އިން ޅ. ހިންނަވަރުގައި މުޅިން އަލަށް ސެލްފް ސާވިސް އޭޓީއެމްއެއް ގާއިމްކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެލްފް ސާވިސް އޭޓީއެމްތައް ބޭންކުން ގާއިމް ކުރަމުން އަންނައިރު މިއަދު ޅ އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ގެ ޚިދުމަތް މުޅިން އާ ހަރުފަތަކަށް ވަނީ ފޯރުކޮށްދެވިފައެވެ.

އޭޓީއެމް ބެހެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ މިއީ ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގާއިމް ކުރެވުނު އޭޓީއެމްއެއް ކަމަށެވެ. އަދި މި ސެލްފް ސާވިިސް އޭޓީއެމްއާއެކު ހިންނަވަރުގެ ރަށްތަކުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗް، 85 އޭޓީއެމް، 4000 ޕީއޯއެސް މަޗަންޓުން، 200 ކޭޝް އޭޖެންޓުން، 27 ސެލްފް ސަވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ ހިދުމަތް ބީއެމްއެލް އިން އަންނަީ ދެމުންނެވެ.