މިސް ކޮންގޯ ޔޫކޭ 2017 އަށް ވެފައި ވަނީ އުމުރުން 11 އަހަރުގައި އެޗްއައިވީ އަށް ޕޮޒިޓިވް ވި އަންހެނެއް ކަމަށްވާ ހޯސިލީ ސިންޑާ ވަ ބޮންގޯ އެވެ.
ސްޓްރެޓްފޯޑް ޓައުން ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ރީތީގެ ރާނީ އަކަށް ހޮވުނު ހޯސިލީ އަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް ނިސްބަތްވާ މީހެކެވެ. އޭނާ މިހާރު ދަނީ ޔޫކޭގެ ލަންޑަންގައި ފައިން އާޓްސްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރަމުންނެވެ.
އެ މުބާރާތަށްފަހު އޭނާ ބޭނުންވަނީ އެނބުރި ކޮންގޯ އަށް ގޮސް، ޒުވާނުންގެ އެއިޑްސް ޖަމިއްޔާއެއް ކަމަށްވާ 'ޔޫތު ސްޓޮޕް އެއިޑްސް' އާއިއެކު އެޗްއައިވީ އާއި އެއިޑްސް އާއި ބެހޭގޮތުން ކެމްޕެއިންތައް ކުރުމަށެވެ.
"ދިރިއުޅުމުގައި ކޮންމެވެސް ކަމެއް ހާސިލްވީތީ އަހަރެން ވަރަށް އުފާކުރަން. އަހަރެންގެ ވާހަކަ ވަނީ މީހުންގެ ހިތްތަކުން ޖާގަ ހޯދާފައި. އެއީ އެންމެ މުހިންމު ކަމަކީ"، ހޯސިލީ ބުނެފައި ވެއެވެ. އޭނާ އުންމީދު ކުރާ ގޮތުގައި އޭނާގެ ވާހަކަ ވެގެންދާނީ ގިނަ ބަޔަކަށް ލިބޭ އެއްބާރުލުމަކަށް ކަމަށެވެ.
La victoire de @Horcelie_sinda, #MissCongoUK, met en lumière la vie de millions d'Africains qui souffrent du #VIH ???https://t.co/kNmhy5453l pic.twitter.com/b8X2EinloF
— bbcafrique (@bbcafrique) April 4, 2017