މިހާރު މާފަންނު ވެލި ދަނޑުގައި ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ އެފްޓީ) އާއި ޕޮލިސް ކްލަބް ބައްދަލު ކުރި މެޗް 2-2 ލަނޑުން އެއްވަރު ވެއްޖެ އެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ފިއެސްޓާގައި އައްޑޫން ބައިވެރިވި ހަމައެކަނި ޓީމް އަވައިން ޖެހި 2 ލަނޑުވެސް އެޓީމަށް ކާމިޔާބްކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ފޮޒިލޯވާއެވެ.
ޕޮލިސް ޓީމުން ޖެހި 2 ލަނޑު ޖެހީ ޝުހާނާ އަހްމަދުއެވެ.
މި ނަތީޖާ އާއި އެކު ޕޮލިސް ޓީމް ވަނީ ކުޅުނު ތިން މެޗްގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެފައެވެ.
އަވަ އެފްޓީވަނީ ކުޅުނު ފުރަތަމަ މެޗް 16-0 ލަނޑުން ފެހިފަހި ކްލަބް ބަލިކޮށްފައެވެ.