Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއް ނިންމާލާފައި: ގާސިމް

ދޫނިދޫގައި ހައްޔަރީން ތިބީ ރައީސް މައުމޫން ސަރުކާރުގައި މީހުން ހައްޔަރުކޮށްފައި ތިބި ގޮތަށް ވުރެ ނިކަމެތި ގޮތެއްގައި ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއް ޖެއެވެ.

ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާން މިއައީ ހަ ދުވަހުގެ ސްކޮލާރޝިޕެއް ނިންމާލާފައި ކަމަށާއި އެތަނުގައި ފުލުހުންގެ ހިދްމަތް ހުރީ ރަނގަޅަށް ކަމަށެވެ.

އެމަނިކުފާން އިޝާރާތް ކުރައްވާފައި ވަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނުކަމުގެ ތުހުމަތުގައި ދޫނިދޫ ޖަލުގައި ހައްޔަރު ކުރި ހާދިސާއަށެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ރަނގަޅަށް ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށާއި އެމަނިކުފާން ކުރައްވާ ކަންކަމަށް ފާޑު ވިދާޅުވަނީ ޒާތީވެގެން ނޫންކަމަށެވެ.

އަދި އެފަދަ ވާހަކަތައް ދައްކާނެކަމަށާއި އެއީ މަޖްލިސް މެމްބަރެއްގެ ހައިސިއްޔަތުންވެސް ކުރައްވާނެކަމެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިވާހަކަތައް އަޅުގަނޑުމެން ދެއްކިޔަސް މަނިކުފާން މިވާހަކަތައް ޒާތީކޮށް ނުނަންގަވާ"

ގާސިމް ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން އިށީދެ ކައުންސިލް އިންތިހާބް ކާމިޔާބް ކުރުމަށް މަޝްވަރާ ކުރަންޖެހިފައިވާ ކަމަށެވެ.