Last Updated: June 24, 13:22
Wednesday, June 24, 2026
ޚަބަރު

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ދޫކޮށްލަން އަމުރުކޮށްފި

ސްވައިން ފުލޫ އާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ތޮއްޔިބުގެ ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ތިން ޝަރުޠަކާއި އެކު ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޠޮއްޔިބް ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ވަނީ ގޮވާލައިފަ އެވެ.