Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ބިދޭސީ ޓީޗަރަކު، ދަރިވަރަކު ރޭޕްކޮށްގެން ހައްޔަރުކޮށްފި

ކިޔަވައި ދިން ދަރިވަރަކު ރޭޕް ކުރި ބިދޭސީ ޓީޗަރަކު ދ. އަތޮޅު ރަށަކުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އިންޑިޔާ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ދަރިވަރަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ބިދޭސީ ޓީޗަރުގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހާފައިވާ ކަމަށާއި އޭނާގެ މައްސަލައާ މެދު މިއަދު ވަކި ގޮތެއް ކޯޓުން ނުވަތަ ފުލުހުން ނިންމާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ހުޅުމާލޭގައި ޒުވާން އަންހެނަކު ރޭޕް ކުރި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.