Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

ޖެކޮލިންގެ މަސައްކަތުން ލަންކާ އެމްބަސީއެއް ބަހުރެއިންގައި ހުޅުވަނީ

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ސްރީ ލަންކާ އަށް އުފަން ބަތަލާ ޖެކޮލިން ފެނާންޑޭޒް ކުރި މަސައްކަތްތަކުން ބަހުރެއިންގައި ލަންކާގެ އެމްބަސީއެއް ހުޅުވާ ގޮތަށް ހަަމަޖެހިއްޖެ އެވެެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ރޭސް 2"، "މާޑާ 2" އަދި "ހައުސްފުލް 2" ފަދަ ފިލްމްތަކުން ފެނިފައިވާ ޖެކޮލިން ވަނީ އޭނާ ވަރަށް ގިނަ ދުވަހު ދިރިއުޅުނު ބަހުރެއިންގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ލަންކާ އެމްބަސީއެއްް އެ ގައުމުގައި ހުޅުވުމާ ބެހޭ ގޮތުން ވަރަށް ގިނަ މަޝްވަރާތަކެއްކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލަންކާ އެމްބަސީއެއް ބަހުރެއިންގައި މާ ލަސްތަކެއް ނުވެ ހުޅުވޭނެ ކަމަށްވެ އެވެ.

ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ހިޖުރަކޮށް، ދިރިއުޅެމުން އަންނަ ބަހުރެެއިންގައި މިވަގުތު ހުރީ ހަމައެކަނި ލަންކާގެ ކޮންސިއުލޭޓެކެވެ.
އެހެންވެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތަކަށް ފޯރުކޮށެއް ނުދެވެ އެވެ. އެމްބަސީއެއް ހުުޅުވަން ޖެކޮލިން އެހާ ބޮޑަށް މަސައްކަތް ކުރީ އެ ސަބަބާ ހެދި އެވެ.

ބަހުރެއިންގެ މައިގްރަންޓް ވާކާޒް ޕްރޮޓެކްޝަން އެޖެންސީގެ ޗެއާޕާސަން މެރިއެއްޓާ އެސް ޑަައަސް ވިދާޅުވީ ބަހުރެއިން އަށް ލަންކާ އެމްބަސީއެއް ވަރަށް މުހިއްމު ކަމަށެވެ.
އެގޮތުން މީގެ ކުރިން ވެސް ލަންކާ ސަރުކާރުގެ އެކި މިނިސްޓްރީތަކުން މިކަަމަށް މަސައްކަތްކޮށް އެމްބަސީ މެދުވެރިކޮށް ހިދުމަތްތައް ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް މެރިއެއްޓާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ މިހާރު ކުރެވެމުން އަންނަ މަސައްކަތުން ބަހުރެއިންގައި ލަންކާ އެމްބަސީއެއް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ.