Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ގާސިމްގެ އޮފީސް ފާސްކުރަން ފުލުހުން ވަދެއްޖެ

ކޯޓު އަމުރެއްގެ ދަށުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެއާއި އޮފީސް ފާސްކުރުމަށް ފުލުހުން ވަދެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަނބުރާލުމަށް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ބުނާ މައްސަލައާއި ބެހޭ ހެކި ހޯދުމަށް ފުލުހުންނަށް ކޯޓުން ވަނީ ގާސިމްގެ ގެއާއި އޮފީސް ބަލައި ފާސްކުރުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާއިރު ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާސިމް ހައްޔަރުކޮށްދިނުމަށް ކޯޓުގައި އެދުމުން ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަމުރު ނުދެވޭނެ ކަމަށް ހުކުމް ކޮށްފައެވެ. ކ

ދެތަން އެއްކޮށް ފުލުހުން ބަލައި ފާސްކުރަމުންދާއިރު އެސަރަހައްދު ފުލުހުން ވަނީ އާންމުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައެވެ.

ކޯޓުން ވަނީ މިމައްސަލައާއި ގުޅޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރުކޮށްފައެވެ.