Last Updated: June 26, 11:11
Friday, June 26, 2026
ދުނިޔެ

ތުރުކީ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް

ތުރުކީގެ ވެރިކަން ކުރާ ނިޒާމަކަށް ބަރުލަމާނީ ނިޒާމް ދޫކޮށް ރިޔާސީ ނިޒާމަށް އަމަލު ކުރުމަށް އެގައުމުގެ ރައްޔިތުން ރުހުން ދީފިއެވެ.

ތުރުކީގައި ނެގުނު ވޯޓުގައި އެގައުމުގައި އޮޮންނަން ފެންނަނީ ރިޔާސީ ނިޒާމު ކަމަށް ވޯޓުގައި ބައިވެރިވި ރައްޔިތުންގެ %51.3 މީހުން ވަނީ ވޯޓު ދީފައެވެ. ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ބޭއްވުމަށް ރިޔާސީ ނިޒާމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ %48.7 މީހުންނެވެ.

ތުރުކީގެ ވެރިކަން ކުރާ ނިޒާމަށް ގެނެވުނު ބަދަލާއެކު އެގައުމުގެ ގާނޫނު އަސާސީ ވެސް ބަދަލުކުރަން ޖެހޭނެއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއެކު ގާނޫނު އަސާސީގެ 18 ވަނަ މާއްދާ ބަދަލުކުރަން ޖެހެއެވެ.

ނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލާ މިމާއްދާ ބަދަލުކުރުމުގެ އިޚްތިޔާރެއް މަޖިލިހަށް ލިބިފައެއް ނުވެއެވެ. ދާދި ފަހުން ތުރުކީގެ ގާނޫނީ ވެރިކަން ބަޣާވާތަކުން ބަދަލުކުރަން މަސައްކަތް ކުރުމުން ރައްޔިތުން ނިކުމެ ބާޣީން ވަނީ ބަލިކޮށްފައެވެ.