Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

ފްރާންސްގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލް ރައީސްގެ އަރިހަށް

ރައީސް ޑރ. މުހައްމަދު ވަޙީދުގެ އަރިހަށް، ފްރާންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސަލް ޑޭވިޑް ސަލްކިން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު، ރައީސް، އޮނަރަރީ ކޮންސަލްއާ ހިއްސާ ކުރެއްވި އެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ވެސް ރައީސް ދެއްވި އެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވި އެވެ. އަދި ދިވެހި ރާއްޖެ އާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް ތާނގައި ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.