Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ސީޒަން ނިމުމުން ޓެރީ ޗެލްސީއަށް ކުޅުން ހުއްޓާލަނީ

ޗެލްސީ ކެޕްޓަން ޖޯން ޓެރީ 22 އަހަރުގެ ދިގު މުއްދަތަކަށް ފަހު ކުލަބު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.

ސީޒަން ނިމުމުން ޓެރީ ޗެލްސީއަށް ކުޅުން ހުއްޓާލާނެ ކަމަށް ކުލަބުން ކަށަވަރުކޮށްދީފައިވާއިރު މިސީޒަނަކީ ޗެލްސީގެ ކޮންޓްރެކްޓު ހަމަވާ ސީޒަނެވެ.

ޗެލްސީ ޖާޒީގައި 713 މެޗު ކުޅެފައިވާއިރު އޭނާ ވަނީ 66 ލަނޑު ކުލަބަށް ޖަހާ ދީފައެވެ. އޭނާ އަކީ ކުލަބުގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.

އަދި ޓެރީ އަކީ ޗެލްސީ ކެޕްޓަން ކަން އެންމެ ގިނަ ފަހަރު ކުރި ކުޅުންތެރިޔާވެސްމެއެވެ. އޭނާ ވަނީ މުޅިއެކު 578 މެޗުގައި ޗެލްސީގެ އާމްބޭންޑު އަޅާފައެވެ.

ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ޕްރިމިއާ ލީގުގައި ނުފޫޒުގަދަ ޓީމަކަށް ޗެލްސީ ހެދުމުގައި ޓެރީ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. ގިނަ އަދަދެއްގެ ޗެލްސީ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ޓެރީ ވަނީ ޗެލްސީ ސަޕޯޓަރުންނަށާއި ކުލަބަށް ޝުކުރު އަދާކޮށްފައެވެ.