1. ލުނބޯ ހުތް

ލުނބޯ ޖޫސް ނުވަތަ ލުނބޯ ހުތަކީ ޤުދުރަތީ ބްލީޗިން އޭޖެންޓަކަށް ވީއިރު، މިއީ ކަޅުވެފައިވާ ކިހިލިފަތްދަށުގެ ކުލަ އަލިކޮށްދޭ އެއްޗެކެވެ.
އެގޮތުން ލުނބޯ ހުތް ކޮންމެ ދުވަހަކު ފެންވެރުމުގެ ކުރިން 2-3 މިނެޓަށް ކިހިލިފަތުގައި ހާކާށެވެ. އެއަށްފަހު ފެންވަރާށެވެ. އަދި ފެންވަރައި ނިމިގެން އެ ސަރަޙައްދުގައި މޮއިސްޗުރައިޒާ އެއް ބޭނުންކުރާށެވެ. 7-10 ދުވަސް ތެރޭގައި ނަތީޖާ ފެނިގެންދާނެ އެވެ.
2. އަލުވި

އަލުވި އަކީވެސް ޤުދުރަތީ ބްލީޗަކަށް ވުމުގެ އިތުރުން އެންޓި-އިރިޓެންޓެއް ވެސް މެއެވެ. މިއީ ކިހިލިފަތް ދޮންކޮށް ދިނުމުގެ އިތުރުން ގައިގެ ތަންތަން ހިރުވާނަމަ، އެމައްސަލަ ވަގުތުން ހައްލުކޮށްދޭ އެއްޗެކެވެ.
އެގޮތުން ތުނި އަލުވި ފޮއްޗެއް ނުވަތަ އަލުވި ޖޫސް ކިހިލިފަތުގައި 10-15 މިނެޓް ވަންދެން ހާކާފައި ބަހައްޓާށެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި ދުވާލަކު ދެފަހަރު މިގޮތަށް ކަންތައް ކުރާށެވެ.
3. އެޕަލް ސިޑާ ވިނެގާ

މިއީ މަރުވެފައިވާ ސެލްސްތައް ނައްތާލަދޭ އެސިޑްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން އެޕަލް ސިޑާ ވިނެގާ އަކީ ޑިސްއިންފެކްޓެންޓެކެވެ.
އޭގެ މާނައަކީ މިއީ ބެކްޓީރިއާފަދަ ނުރައްކާތެރި ކުދިކުދި ދިރޭތަކެތި ނައްތާލަދޭ އެއްޗެއް ކަމެވެ. އެގޮތުން މި ވިނެގާގެ ދެ މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ އާއި އެއްކުރާށެވެ.
އެއަށްފަހު ކިހިލިފަތުގައި 10 މިނެޓަށް ނުވަތަ ޕޭސްޓް ހިކެންދެން ހާކާފައި ބަހައްޓާށެވެ. ދެން ފިނި ފެނުން ދޮވެލާށެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި ހަފްތާއަކު ތިން ފަހަރު މިގޮތަށް އަމަލު ކުރާށެވެ.
4. ޒައިތޫނި ތެޔޮ

އެއް މޭޒުމަތީ ސަމުސާ ޒައިތޫނި ތެލާއި އެއް މޭޒުމަތީ ސަމުސާ ބްރައުން ޝުގާ އެއްކުރާށެވެ. ދެތިން މިނެޓް ވަންދެން ކިހިލިފަތުގައި ހޭކުމަށްފަހު ފަސް މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ތާފަނާފެނުން ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު ދެފަހަރު ކަންތައް ކުރާށެވެ.
5. އެލޯ ވޭރާ

އެލޯ ވޭރާ ގަހުން ތާޒާ އެލޯ ވޭރާ ޖެލް ނުވަތަ ބާޒާރުގައި ވިއްކަން ހުންނަ އެލޯ ވޭރާ ޖެލްތައް ވެސް ބޭނުންކުރެވިދާނެ އެވެ. އެގޮތުން މި ޖެލް ކިހިލިފަތްދަށުގައި ހާކާފައި 15 މިނެޓަށް ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިއީ ޤުދުރަތީ އެކްސްފޯލިއޭޓާ އެކެވެ. އެލޯ ވޭރާ އަކީ މަރުވެފައިވާ ހަންތައް ނައްތާލައިދޭ އެއްޗެކެވެ. މީގެ އިތުރުންވެސް އެލޯ ވޭރާ ގައި ހަންގަނޑު އޮމާންކޮށް ނަރިޝްކޮށްދޭ އެންޓި-ބެކްޓީރިއަލް މާއްދާތަކެއް އެކުލެވިގެން ވެއެވެ.