Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ގަބުރުސްތާންތައް ސާފު ކުރަން ފަށައިފި

އައްޑޫގެ އަވަށްތަކުގެ ގަބުރުސްތާން ސާފުކޮށް، ބެލެހެއްޓުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފަ އެވެ.

މި މަސައްކަތް އެ ކުންފުނިން ރަސްމީކޮށް ފެށީ އިއްޔެ އެވެ.

އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ ގަބުރުސްތާންތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމާޒަކީ ރޯދައިގެ ކުރިން މަސައްކަތް އެއްކޮށް ނިންމައިލުން ކަމަށެވެ.

އައްޑޫގެ ހަ ގަބުރުސްތާނެއް ސާފުކޮށް ބެލެހެއްޓުމާ އެކު، 39 މިސްކިތެއް ސާފުކޮށް ބެލެހެއްޓުން އެއް އަހަރު ދުވަހުގެ މުއްދަތަށް އެމްއާރްޑީސީއާ އިސްލާމިކް މިނިސްޓްރީން ހަވާލު ކުރީ މި މަހުގެ 13 ގައި އެވެ.