Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ގައުކެނޑި ކޯޒްވޭގެ ފެންސް ޖަހަން ފަށައިފި

ހަންކެޑެ އާއި ގައުކެނޑި ދޭތެރޭ އޮންނަ ކޯޒްވޭގެ ފެންސް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގައުކެނޑި ކޯޒްވޭގެ ފެންސް ހަރުކުރުމުގެ މަސައްކަތް ކުރާ ސަން ޝެލް ޕްރައިވެޓް ލިމިޓެޑް އިން މައުލޫމާތު ދޭ ގޮތުގައި މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ނިންމާލެވޭނެ ކަމަށެވެ.

ފެންސް ހަރުކުރުމުގެ މަސައްކަތް ސަން ޝެލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 15 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކޯޒްވޭގައި ހަރުކުރާ ފެންސަކީ ރާއްޖެއިން ބޭރުން ޑިޒައިންކޮށްގެން ގެނެސްފައިވާ އެއްޗެކެވެ. އެ ފެންސް ގެނެސްފައި އޮންނަތާވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ގައުކެނޑި ކޯޒްވޭގެ ފެންސް މަރާމާތު ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުން ފެށިގެންނެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގައުކެނޑި ކޯޒްވޭގައި ފެންސް ހަރުކުރުމަށް ސޭންޑީ މޯލްޑިވްސް އާއި ހަވާލުކުރިއެވެ. ސޭންޑީ މޯލްޑިވްސް އިން ގެނައި ފެންސުގެ ފެންވަރު ދަށް ކަމަށް ބުނެ ކައުންސިލުން ވަނީ އެކުންފުންޏާއި އެކު އެކުލަވާލި އެއްބަސްވުން އުވާލާފައެވެ.