މާފުށީ ޖަލުގައި ގައިން ގަޔަށް އަރާ ނުރައްކާތެރި ބައެއްޔެއް ކަމަށްވާ ޓީބީ ފެތުރެމުންދާތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓުކުރަން ފަށައިފިއެވެ.
ޖަލުގައި ތިބި ފަސް ގައިދީއެއް ޓީބީއަށް ޕޮސިޓިވް ވެފައިވާ ކަމަށާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ގައިންވެސް ޓީބީ ފެންނަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ގައިދީން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކަރެކްޝަނަލް ސާވިސްއިން ފަށާފައިވާއިރު އޮފިސަރުންވެސް ދަނީ ބައްޔަށް ޓެސްޓުކުރަމުންނެވެ.
ކަރެކްޝަނަލް ސާވިސްއިން ޓީބީ އަށް ގައިދީންނާއި އޮފިސަރުން ޓެސްޓު ކުރަމުންދާކަމަށް މައުލޫމާތު ދީފައިވިނަމަވެސް މިހާތަނަށް ބަލި ފެނިފައިވަނީ ކިތައް މީހުންގެ ގައިން ކަމެއް ނުވަތަ އެފަދަ އެއްވެސް ތަފްސީލެއް ދެއްވާފައެއްނުވެއެވެ.
ދާދި ފަހުން ރާއްޖޭގައި ވަނީ ހިމަބިހި ނައްތާލުމުގެ ކެމްޕޭނެއް ފަށާފައެވެ. ނަމަވެސް ކެމްޕޭނުގެ މެދުތެރެއިން އޫރު ރޯނގާ ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެން ފެށުމުން އެކެމްޕޭނު ވަނީ މެދުކަނޑާލާފައެވެ.