Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވަކި ނުކުރެވޭނެ: ސައުދު

ޕީޕީއެމްގެ ނަމުގައި ހަދައިގެން އުޅޭ ނުރަސްމީ ފެކްޝަނަކަށް ޕާޓީގެ މެމްބަރުން ވަކިކުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށާއި ވަކިކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ޕީޕީއެމްގެ ސުލޫކީ ކޮމިޓީ އިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ފަސް މެމްބަރުންގެ އިއްތިފާގުން ސައުދު ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާއި ހިލާފުވަމުންދާތީ ކަމަށް ބުނެއެވެ.

"ޕީޕީއެމް އިން އަޅުގަނޑު ވަކިނުކުރެވޭނެ. ވަކިކުރީ ގަވާއިދާއި ޚިލާފަށް ޕީޕީއެމް ނަމުގަ އުޅޭ ނުރަސްމީ ފެކްޝަނަކުން"

ރައީސް ޔާމީނަށް ކުރި ތާއީދު އަނބުރާ ގެންދަވާ ސައުދު ވަނީ ރައީސް މައުމޫން ފެކްޝަނަށް ބަދަލުވެ އެމަނިކުފާނާއެކީ މަސައްކަތް ކުރުމަށް ފަށާފައެވެ. ރައީސް މައުމޫނަށް އިހުތިރާމް ކުރަން ޖެހޭ ކަމަށްބުނެ އެމަނިކުފާނު ދިފާއުކޮށް ވާހަކަދެއްކުމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުންވެސް ސައުދު ވަނީ ބޭރުކޮށްލާފައެވެ.

ސައުދު ވަކިކުރިކަން އަންގައި ޕީޕީއެމްއިން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީނަށާއި މިސަރުކާރަށް ތާއީދު ނުކޮށް ސޯޝަލް މީޑިޔާއާއި އެހެނިހެން ތަންތަނުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފު ކަމެއް ކަމަށެވެ.

ރައީސް ޔާމީން ފެކްޝަން ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުމުން ސައުދުގެ ޅިޔަނަކު ވަނީ ސަރުކާރުގެ އިސް މަގާމަކުން ވަކިކޮށްފައެވެ.