ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހީމަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެއް ސަރުކާރުން އަނބުރާ ނަގައިފިއެވެ.
ސަރުކާރުން އިލްޔާސަށް ދޫކޮށްފައި އޮތް އ.ދ އަރިއަދޫ އަނބުރާ ނަގާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުމާއި ޚިލާފު ވެފައިވާ ކަމަށް ބުނެއެވެ.
ސަރުކާރުން އިލްޔާސް އިބްރާހިމްއަށް ދޫކޮށްފައި އޮތް ރަށް އަތުލާފައިވާ ކަމަށް ފިޝަރީސް މިނިސްޓްރީގެ އޮފިޝަލަކު ކަށަވަރުކޮށްދީފައިވާއިރު އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ރަސްމީ ގޮތެއްގައި ރަށް އަނބުރާ ނެގި ވާހަކަ މީޑިޔާގައި ހިއްސާ ކޮށްފައެއް ނުވެއެވެ.
އިލްޔާސްގެ ރަށެއް ސަރުކާރުން ނަގާފައިވާއިރު ރައީސް މައުމޫން ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ފަށާފައެވެ. ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ވަނީ ރައީސް މައުމޫން ޕާޓީއިން ވަކިކޮށްފައެވެ.