Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ފްލެޓް އަޅަން ޓާޓާއާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފި

photo: Avas

އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ދިވެހި ސަރުކާރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފްލެޓު އެޅުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އޯޑިއޯން އާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް އެއްބަސްވުމުގެ ދަށުން ޓާޓާއަށް ދިން 90 ދުވަސް ހަމަވި އިރުވެސް އަމަލީ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން ކުންފުންޏަށް މަސައްކަތް ފެށުމަށް ނޯޓިސް ދެވިފައި ވާނެ ކަމަށާއި އޭގެ ފަހުންވެސް މަސައްކަތް ފެށާފައި ނުވާތީ ދިވެހި ސަރުކާރުން އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިކަން މިހާރު ޓާޓާއަށް އަންގާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު ޓާޓާގެ ފަރާތުން މިކަމާ ބެހޭގޮތުން މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.