ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ޖުމްހުޜީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުސް އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާއިު ގުޅިގެން 4 ޖެހިއިރު އެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ގާސިމް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވެފައިވަނީ އޭނާގެ ވަކީލުންނާއި އެކުއެވެ.
ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ޕީޖީއަށްވަނީ ފޮނުވާފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއަކީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ.
ގާސިމްގެ ހިތްވަރަށް ސާބަސް ދެއްވައި މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ ދިވެހިންގެ "މަންޑޭލާ" ކަމަށެވެ