Last Updated: June 26, 10:51
Friday, June 26, 2026
ޚަބަރު

މައުމޫންގެ އެސިސްޓެންޓުގެ ޕާސްޕޯޓް ކެންސެލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް، އަހުމަދު ސޮފްވާންގެ ޕާސްޕޯޓް ކެންސެލްކޮށްފިއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ސޮފްވާންގެ ޕާސްޕޯޓު ކެންސެލްކޮށް، ފުލުހުންވަނީ އިންޓަޕޯލްގައި އޭނާ ހޯދައިދިނުމަށް އެދިފައެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސޮފްވާން ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ފުލުހުން އިންޓަޕޯލްގައި ހޯދުމަށް އެދުނު މީހުން އަދިވެސް ރާއްޖެއަށް އަނބުރާ އައިސްފައިނުވެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުގެ ޕާސްޕޯޓުވެސް ކެންސެލްކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި އަދިވެސް ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކުރީގެ ސިޔާސީ އެކްޓިވިސްޓުން ހިމެނެއެވެ.