ޗައިނާގެ 'ގޫގަލް" ފަދަ ކުންފުންޏެއް ކަމައްވާ ބައިޑޫއިން 2020 ވަނަ އަހަރުގެ ފަހުކޮޅު، އަމިއްލައަށް ދުވާ ކާރުތަކެއް ހައިވޭއަށް ނެރެން ނިންމައިފިއެވެ.
އިންސާނެއްގެ އެހީއަކާނުލާ ދުވާ މިކާރަކީ އަލަށް ޑްރައިވަރަކު ނޫނީ ޑްރިވަރެއްގެ އެއްވެސް އެހީއތެރިކަމެއްނެތި މަގުމަތީގައި ދުއްވޭނެ ފުރަތަމަ ކާރަކަށްވެގެންދާނެއެވެ. މި ޕްރޮޖެކްޓްއަކީ ބައިޑޫ އިން ވަރަށް ގިނަ ދުވަސްވަންދެން ކުރަމުން ދިޔަ ބުރަ މަސައްކަތުގެ އަގުހުރި ނަތީޖާއެވެ.
މި ކުންފުނިޔަށް މިކާރުތަކެއް ޓެސްޓްކުރަން ހުއްދަ ލިބުނީ މިދިޔަ އަހަރު ކެލިފޯނިޔާގައެވެ. އަދި މިކާރުގެ ސެންސާ އަދި ޕްރޮސެސާފަދަ އޮޕަރޭޝަން ހަދާފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ކޮންޕިއުޓަރ ޓެކް ކަމަށްވާ އެންވީޑިއާގެ އެހީގައެވެ.
ބައިޑޫއިން ވަނީ މިކާރުތައް މިހާރު ޗައިނާގެ އިތުރުން އެމެރިކާގެ ކެލިފޯނިއާގައި ޓެސްޓްކޮށްފައެވެ.
ދުނިޔޭގެ އެހެން ބޮޑެތި ކުންފުނިތަކުންވެސް ވަނީ މިފަދަ ކާރު ތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކްސިޑެންޓުތަކާއި ހުއްދަނެތި ޓެސްޓުކުރުމުގެ މައްސަލަތަށް ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގައި ،އޫބަރ، އަދި ގޫގަލްގެ ޕޭރެންޓް ކުންފުނިޏެއް ކަމަށްވާ 'އަލްފަބެޓް' ހިމެނެއެވެ.