ކޯޓަށް އެއްބާރުލުން ނުދޭކަށް އެއް އިރެއްގައިވެސް ނޫޅޭ ކަމަށް ބުނެ ޔުމްނާ މައުމޫން ފިރިކަލުން މުހައްމަދު ނަދީމް ދިފާއުކުރައްވައިފިއެވެ.
ޔުމްނާ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިމައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވުމަށް މީގެ ކުރިން ނަދީމަށް ޗިޓެއް ލިބިފައިނުވާ ކަމަށެވެ.
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިވާ ކަމަށް ބުނެ ފުލުހުން ވަނީ މިއަދު ނަދީމް ދިރިއުޅުއްވާ ގެއަށް ގޮސްފައެވެ. ނަމަވެސް އޭރު ގޭގައި ނޫޅޭތީ ފުލުހުން ވަނީ ފޯން ނަމްބަރު ހޯދައިގެން ގޮސްފައެވެ.
އޭގެ ފަހުން އަތޮޅުވެހިއަށް ހާޒިރުކޮށްފައި މާދަމާ ހެނދުނު 9:45 އަށް ޕޮލިހަށް ހާޒިރުވެ ޕޮލިސް އެސްކޯޓުގައި ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށް އޭނާ ވަނީ ދޫކޮށްލާފައެވެ.
ނަދީމް ވަނީ ސިވިލް ކޯޓަށް ހާޒިރުކުރުމަށް ކޯޓު އަމުރު ލިބިފައިނުވާކަމަށާއި މާދަމާ ބާއްވާ އަޑުއެހުމަށް ކޯޓަށް ހާޒިރުވާނެ ކަމަށް ބުނެ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއަށް ސިޓީއެއް ފޮނުވާފައެވެ.