Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

އިނގިރޭސި ބަހުގެ ފާހެއް ނެތް މީހުންނަށް އިމްތިހާނެއް

އިނގިރޭސި ބަހުގެ ފާހެއް ނެތް ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ހިތަދޫ ކެމްޕަހުގައި އިންގްލިޝް ލެންގުއޭޖް ކޮމްޕިޓެންސީ އިމްތިހާނެއް ބާއްވަން ނިންމައިފިއެވެ.

މެއި މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިމްތިހާނުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުން މައުލޫމާތު ދެއްވާ ގޮތުގައި މި އިމްތިހާނުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

އިނގިރޭސި ބަހުގެ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އިމްތިހާނުގެ ނަތީޖާ މެއި 21 އިން ފެށިގެން ދޫކުރަމުން ދާނެ ކަމަށް ހިތަދޫ ކެމްޕަހުން މައުލޫމާތު ދެއްވައެވެ.