Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސިއްހީ މަރުކަޒުގައި އޮތް މީހަކަށް ގޯނާކޮށްފި

ހުޅުމީދޫ ސިއްހީ މަރުކަޒު. ފޮޓޯ/ އިބްރާހީމް ޒުހުރީ

ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް މީހަކަށް ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް އަންހެނަކަށް ގޯނާކޮށްފައި ވަނީ ބިދޭސީއެކެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ވެސް ވަނީ އެފަދަ މައްސަލައެއް ފެންމަތިވެފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

ބިދޭސީ މީހާ އަންހެން މީހާގެ އަތުގައި ހިފާފައި ވަނީ "މަންމައާ ވައްތަރުވެގެން ކަމަށް" ބުނެ އެވެ.

ސިއްހީ މަރުކަޒުގެ އޮފިޝަލަކު ބުނި ގޮތުގައި އެޑްމިޓްކޮށްފައި އޮތް އަންހެންމީހާއަށް ހޭލެވުނު އިރު އަންހެން މީހާގެ އަތުގައި ހިފައިގެން ކަމަށް ވެއެވެ.

އަދި ބިދޭސީ މީހާ ބުނެފައި ވާ ގޮތުން އަންހެން މީހާގެ އަތުގައި ހިފާފައި ވަނީ "މަންމަ އާއި ވައްތަރުވެގެން ކަމަށް" ބުނެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލަ މިހާރު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން ގެންދާ ކަމަށެވެ.